ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކ. ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ކެޑޭޓް ކޭމްޕަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް ސޯލިހަކީ ގައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރެވެ.
ރައީސްގެ މި ޒިޔާރަތުގައި ކެޑޭޓް ކޭމްޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭމްޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.

ރައީސް ސޯލިހު ކެޑޭޓް ކޭމްޕަށް ޒިޔާތް ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ގައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ އެކަކުން 12 އަށް އެއެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިން ސެންޓަރުގައެވެ.
މި ކޭމްޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ކޭމްޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެއެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.