ޑޭޓާ އެލަވެންސްތައް އިތުރުކޮށް، ލޯޔލިޓީ ބެނެފިޓްސްތަކާއެކު އުރީދޫ އިން އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖު ތައާރަފުކޮށްފި އެވެ.
"އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ގަތުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫ އިން ބުނީ މި އާޕެކެޖާއެކު އެކުންފުނީގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ފުރިހަމަކަމެއް މިހާރު ގެނެސްފައިވާނެ ކަމަށެވެ.
"ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަ ފައިދާތަކެއް ލިބިގެންދާނެ. އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީކޮށްގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ހިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ." އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރު، ދިޔާނާ އަފީފް ވިދާޅުވިއެވެ.
"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު ކަސްޓަމަރުންނަށް ލިބިގެންދާ ފައިދާތަކުގައި
- ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް
- އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިން
- ވައިފައި ކޯލިން
- ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް
- އީ-ސިމްގެ ޚިދުމަތް
- އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
- ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް
"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭނުން މަތީގެ ޕްލޭންތައް ހިޔާރުކުރާ ކަސްޓަމަރުންނަށް،ކްލަބް ޕްރިމިއާގެ ފައިދާތައްވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އެގޮތުން ކްލަބް ޕްރެމިއަ ކަސްޓަމަރުންނަށް ހިލޭ ދޭ ލައިފް އިންޝުއަރެންސްގެ ހިދުމަތާއި ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަޕޯޓްތަކުގައިވާ ލައުންޖްތަކުން ހިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕާޓްނަރުންދޭ ހާއްސަ ޑިސްކައުންޓު އަދި ކްލަބް ޕްރިމިއަ ލައުންޖްގެ ޕްރީމިއަމް ހިދުމަތްތަކާއި ކްލަބް ޕްރިމިއަ ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ހެލްޕްލައިނގެ އިތުރުން އުރީދޫ އިން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ހާއްސަ އޮފާތައް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.