ބަވަތިގެ ކާމިޔާބަށްފަހު އިއްލެގެ މިސްރާބު އާ ފިލްމަކާ ދިމާލަށް

މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމު ބަވަތިގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) އާ ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.

އަންނަ އަހަރު ސިނަމާއަށް ގެންނަން އަމާޒު ހިފައިފައިވާ އެ ފިލްމު ރިލީޒްކުރާ ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ. ސަން އަށް މައުލޫމާތު ދެމުން އިއްލެ ބުނީ މި މަހު 15 ގައި ފިލްމުގެ ނަން އިއުލާންކުރާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ޝިން އެޓެމީ މޯލްޑިވްސް އާ ގުޅިގެން ފިލްމުގެ ކާސްޓުންނަށް މާޝަލް އާޓްސް ދަސްކޮށްދެމުންނެވެ.

މި ފިލްމުގެ ލީޑު ތަރިންނަކީ ބަވަތިގައި މޮޅު އެކްޓިން އެއް ދެއްކި ނުޒުހަތު ޝުއައިބު އާއި މިވަގުތު ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެއް ބަތަލު ޖުމައްޔިލް ނިމާލް އެވެ. އިއްލެ ބުނީ މި ފިލްމުގައި ފިލްމު އިންޑަސްޓްރީ އަށް އާ މޫނެއް ތައާރަފްކުރާނެ ކަމަށެވެ. އެއީ ޝަރަފް އަބްދު އެވެ.

ބަވަތި ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމަކަށެވެ. އެ ފިލްމަކީ އިއްލެގެ ޑްެރީމް ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް