މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބޯލްޑްވިން ބަނޑުބޮޑު ކަމަށް ދެކެވުނު ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
ހެއިލީ ބަނޑުބޮޑުކަމަށް މިދޭތެރެއިން ވަރަށް ބާރަށް ވާހަކަ ދެކެވި މީޑިއާތަކުގައިވެސް އެކަން ރިޕޯޓުކޮށްފައިވެއެވެ. ހެއިލީ ބުނީ އެވާހަކައަކީ ދޮގު ވާހަކައެއް ކަަމަށާއި އޭނާ އަދި ބަނޑުބޮޑު ނޫން ކަމަށެވެ. އެކަމަކު އޭނާ އަކީ ކާއެއްޗެއްސަށް ނުހަނު ފޯރި ހުންނަ މީހެއްކަމަށްވެސް ހެއިލީ ވަނީ ބުނެފައެވެ.
ހެއިލީ ބުނީ ސޯޝަލް މީޑިއާގައި ފެތުރުނު އެހަބަރީ ދޮގު ހަބަރެއްކަމަށް އެންމެންނަށް އަންގައިލަން ބޭނުންވާ ކަމަށެވެ.
ހެއިލީ އާއި ޖަސްޓިން އެންގޭޖުވީ މިދިޔަ އަހަރު ޖުލައިގައެވެ. އަދި ކައިވެނި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހު ހެއިލީ އާއި ޖަސްޓިން ދެވަނަ ފަހަރަށް ކައިވެނިކުރިކަމަށް ހަބަރުތައް ވަނީ ބުނެފައެވެ.
ވޯގްއަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހެއިލީ ބުނެފައި ވަނީ ދެމީހުން ދިމާވެފައި ވަނީ ވަރަށް ޒުވާން އުމުރެއްގައި ކަމަށެވެ.