މީދޫ ޓާފްގެ ފުރަތަމަ މުބާރާތް ވާނުވާ އެފްސީ ކާމިޔާބުކޮށްފި

ޔަންގްސްޓާސް ސްޕޯޓްސް ކްލަބް އަންޑާ 17 ފުޓްބޯލް ޓޯނަމެންޓް ކާމިޔާބު ކުރި ވާނުވާ އެފްސީ ތަށި އުފުލާލަނީ --- ފޮޓޯ : އިބްރާހީމް އަފްރާހު

ސަން ސިޔާމް ކެއާގެ ޗެއާމަން އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ދ. މީދޫގައި އަޅުއްވައި ދެއްވި ޓާފްގައި ބޭއްވި ފުރަތަމަ ފުޓްބޯޅަ މުބާރާތް، "ވާނުވާ އެފްސީ" ކާމިޔާބުކޮށްފި އެވެ.

ޔަންގްސްޓާސް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތަކީ 17 އަހަރުން ދަށުގެ ކުދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ޔަންގްސްޓާސް ސްޕޯޓްސް ކްލަބް އަންޑާ 17 ފުޓްބޯލް ޓޯނަމެންޓްގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ މުބާރާތް ކާމިޔާބުކުރި ވާނުވާ އެފްސީ އަދި ޕަލަސްޓީނިއަންސް އެފްސީ އާއި ބްލޫ ލަޔަންސް އެފްސީ އެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ އިބްރާހީމް އަފްރާހް

މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅުނު އިރު އެ މެޗުގައި ވާނުވާ އެފްސީއާ ދެކޮޅަށް ބައްދަލުކޮށްފައި ވަނީ ޕަލަސްޓީނިއަންސް އެފްސީ އެވެ. ވާނުވާ އެ މެޗު ކާމިޔާބުކޮށްފައި ވަނީ 3-2 އިންނެވެ.

މޭން އޮފް ދަ ޓޯނަމެންޓަށް ހޮވިފައި ވަނީ ވާނުވާ އެފްސީގެ ޖާޒީ ނަމްބަރު 21ގެ ކުޅުންތެރިޔާ އިސްމާއީލް ނައުޝް ހުސައިން އެވެ.

މޭން އޮފް ދަ ޓޯނަމެންޓަށް ހޮވުނު ނައުޝް ހުސައިން އަށް ޓްރޮފީ ހަވާލުކުރަނީ --- ފޮޓޯ : އިބްރާހިމް އަފްރާހު

މުބާރާތުގެ ވަނަތަކަށް އައި ފަރާތަކަށް އިއްޔެ ވަނީ ޓްރޯފީ ހަވާލުކޮށްފަ އެވެ.

އެ މުބާރާތް އިންތިޒާމުކުރި ޔަންގްސްޓާސް ސްޕޯޓްސް ކްލަބްގެ ފަރާތުން އިބްރާހީމް އަފްރާހު ބުނީ އެ މުބާރާތަކީ ކުޑަކުދީންނަށް އަމާޒުކޮށްގެން ކުރިއަށްދާ މުބާރާތެއް ކަމަށެވެ.

އަދި އަންނަ އަހަރު އެ މުބާރާތް 16 އަހަރުން ދަށުގެ ކެޓަގަރީއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް