ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑަކުރިކަން ޔާމީންގެ މައްޗަށް ސާބިތުވެއްޖެ

ރައީސް ޔާމީން

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކުރީ އެ މައްސަލަ ބެއްލެވި، ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރި ކަމުގެ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީއިންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިބަހުންނާއި އެހެން ކަންކަމަށް ބެލުމުންވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

comment ކޮމެންޓް