ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު އަތުލައިގެންފި

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން ހިންގި ރޫޓިން އިންސްޕެކްޝަނެއްގައި އިމިގްރޭޝަން ގަވައިދާ ހިލާފަށް އުޅުނު އުމުރުން 42 އަހަރުގެ އަބްދުލް ހަންނާނު ކިޔާ ބަންގްލަދޭޝް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީއަކު އަތުލައިގެންފައިވާއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ގަވައިދަށް ފެއްތުމަށް އިމިގްރޭޝަނުން ވަނީ ރެގިއުލައިޒޭޝަން ޕްރޮގްރާމެއް ފަށައިފައެވެ.

ރާއްޖޭގައި ހުރުމަށް އިމިގްރޭޝަން އިން ދޫކުރި ވިސާއާ ހިލާފުވި ބަންގްލަދޭޝް ބަޔަކު މީގެ ކުރިން ވަނީ ޑީޕޯޓުކޮށްލައިފައެވެ. މި މީހުންނަކީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގަވައިދާ ހިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވަނީ ވިދާޅުވެފަ އެވެ.

އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 63،000 އަށް ވުރެ ގިނައެވެ.

comment ކޮމެންޓް