ސަންފްރަންޓް "ގުޑުގުޑު ސޭލް": 95 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

ސަން ފުރޮންޓް ލިވިންގައި ސޭލް އެޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަންފްރަންޓް ލިވިން އިން 'ގުޑުގުޑު ސޭލް'ގެ ނަމުގައި ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަނާ ގުޅޭގޮތުން ސަންފްރަންޓް ލިވިންގެ މެނޭޖަރު އިކްރާމް މުހައްމަދު 'ސަން'އަށް ވިދާޅުވީ މި މަހު ހަތަރުވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ ދަށުން ލިބޭ ޑިސްކައުންޓަށް ވަކި ރޭޓުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

"ޑިސްކައުންޓް ދޭނެ ވަކި ރޭޓެއް ކަނޑައެއް ނާޅަން. އެބަހުރި ކްލިއަރެންސް އައިޓަމްތަކެއް ވެސް. އޭގެ ތެރެއިން ބައެއް މުދަލުން 95 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ލިބޭނެ." އޭނާ ވިދާޅުވިއެވެ.

ސަން ފުރޮންޓް ލިވިންގައި ސޭލް އެޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުޑުގުޑު ސޭލްއަކީ ވަކި ތާޜީޚެއްގައި ނިންމާ ގޮތަށް ކަނޑައަޅައިގެން ނުވަތަ ވަކި ވަނަތަކެއް ހޮވައި، އިނާމުތަކެއް ކަނޑައަޅައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ނޫން ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.

އެ ސޭލްގައި ސަންފްރަންޓް ލިވިންއިން ވިއްކާ ފަރުނީޗަރުގެ އެކި ބާވަތްތަކާއި ބަދިގެ ސާމާނާއި ބެޑްރޫމް ސެޓުތަކުން ވަނީ ޑިސްކައުންޓް ހުށަހަޅާފައެވެ.

ސަން ފުރޮންޓް ލިވިންގައި ސޭލް އެޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުދާ ގަންނަ ފަރާތްތަކުގެ ތެރެއިން މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ގެއާ ހަމައަށް ސަންފްރަންޓުން މުދާ ގެންގޮސްދޭނެ އެވެ. އަދި ވިލިނގިލީގައި ދިރިއުޅޭ ކަސްޓަމަރުންގެ މުދާ މުދާ ފެރީ ޓަރމިނަލްއާ ހަމައަށް ފޯރުކޮށްދޭއިރު، ގަންނަ މުދާ ރާވައިދިނުމުގެ ޚިދުމަތް މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ކަސްޓަމަރުންނަށް ވެސް ސަންފްރަންޓުން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން އެހެން ރަށްރަށަށް ފޮނުވަން ބޭނުންވާ މުދާ ބޯޓުތަކާ ހަމައަށް ވެސް ސަންފްރަންޓުން ގެންގޮސްދޭނެ އެވެ.

ސަން ފުރޮންޓް ލިވިންގައި ސޭލް އެޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށްރަށުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ސަންފްރަންޓް ލިވިންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އަދި ޝޯރޫމްގެ ނަންބަރު 3312255 އަށް ގުޅާލުމުން އެތަނުން ވިއްކާ މުދާ ބަލައިލެވޭނެ އެވެ. އަދި އެތަނުން ގަންނަ މުދަލަށް އޮންލައިންކޮށް ފައިސާ ދައްކާލެވޭނެ އެވެ.

comment ކޮމެންޓް