އަޔުޝްމަންގެ "ބާލާ" އަށް ވެސް ކާމިޔާބީއެއް

ފިލްމުގެ ތަރިން---

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އާޔުޝްމަން ކުރާނާގެ "ބާލާ" އަށްވެސް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

މި ފިލްމު ރިލީޒްކުރިތާ އަށް ދުވަސްތެރޭ އެ ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. އަޔުޝްމަން ވަނީ ފިލްމަށް 100 ކުރޯޑް ހަމަވިކަން އޭނާގެ ޓްވިޓާ އެކައުންޓްގައި ހާމަކޮށްފައެވެ. އަދި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުމުން އޭނާ ވަނީ ފޭނުންނަށް ޝުކުރުއަދާކޮށްފައެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ކްރިޓީކުން ވެސް އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ.

އެ ފިލްމު ވަނީ ރިލީޒްކުރިތާ މާގިނައިރުތަކެއް ނުވަނީސް ތަމިލް ރޮކާޒްއިން ލީކުކޮށްލާފައެވެ. އެ ފިލްމަކީ ޔަމީ ގައުތަމް އަންހެން ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. އަދި އެ ފިލްމުގައި ބޫމީ ޕަޑްނޭކަރްވެސް ހަރަކާތްތެރިވާނެ އެވެ.

comment ކޮމެންޓް