ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަނެވެއްޖެ: ފުލުހުން

މިއަދު ހެނދުނު ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މީހާ ----

ހެންވޭރު ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ޒުވާނާއަކީ ކާކުކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:10 ގައެވެ. އަދި އޭނާ ދެނެގަތުމުގެ މަސައްކަތް ފުލުހުން ވަނީ އެ ހިސާބުން ފެށިގެން ފަށާފައެވެ.

ފުލުހުން މިރޭ 10:30 ހާއިރު ފުލުހުން ބުނެފައިވަނީ އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މައްޔިތާގެ އާއިލާއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައިވާ އޮތްވާ ފެނުނު މީހާއާ ގުޅެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް