ބަނޑިދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ރައުފާ

ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު އައިމިނަތު ރައުފާ (މ)، ބަނޑިދޫ ސްކޫލުގް ޕްރިންސިޕަލް ސައީދު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހަންމަދާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އައިމިނަތު ރައުފާ ހޯދައިފި އެވެ.

ރޭ ބަނޑިދޫ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރައުފާއަށް އިނާމު ހަވާލުކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރައުފާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހަ މާއްދާއިން ފާސްވެފަ އެވެ. އޭނާ ކިޔަވާފައި ވަނީ މިކްސްޑް ސްޓްރީމްގެ މާއްދާތަކެވެ.

ރައުފާއަކީ ބަނޑިދޫ ސްކޫލުގެ ޕްރިފެކްޓު ބޯޑުގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ދަރިވަރަކަށް ވާއިރު ގްރޭޑް 10ގައި ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމަށް އޭނާ ހޮވި އެވެ.

ސްކޫލުގެ ސާނަވީ ދައުރު ނިންމާލި އިރު ރައުފާ ވަނީ އެކި ކަހަލަ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ. އެގޮތުން ދިވެހި ބަހާ ގުޅުން ހުރި ގިނަ ހަރަކާތްތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.

ރައުފާގެ ހުވަފެނަކީ ނަރުހަކަށް ވުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި މިހާރު އޭނާ ދަނީ ގައުމީ ޔުނިވާސިޓީން ނާސިންގެ އެޑްވާންސް ސެޓްފިކެޓް ހަދަމުންނެވެ.

comment ކޮމެންޓް