"ކޮސް ގިނަ މިސްޓޭކް" އަންނަ އަހަރަށް ފަސްކޮށްފި

ކޮސް ގިނަ މިސްޓޭކް ގެ ފަސްޓްލުކްގެ މަންޒަރެއް--

ވީމީޑިއާގެ ފީޗާ ފިލްމު "ކޮސް ގިނަ މިސްޓޭކް" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ކުރިން މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހުނީ މި މަހުއެވެ. ނަމަވެސް ޕްރޮޑިއުސަރު ޝަފީގު ބުނީ ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފައިވާކަމަށެވެ. އަންނަ އަހަރަށް ފިލްމު ފަސްކުރި ސަބަބެއް ހާމަކޮށްފައިނުވާއިރު ފިލްމު އަންނަ އަހަރު ރިލީޒްކުރާނީ ކޮން ތާރީހެއްގައި ކަމެއްވެސް ހާމަކޮށްފައެއްނުވެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ސީޒަން، މަރިޔަމް އައްޒަ. ނުޒުހަތު ޝުއައިބު، އިރުފާނާ އިބްރާހިމް (އިރޫ)، އަހްމަދު ސައީދު، އަހްމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު އީސާ (އާނަންދު). ގުލިސްތާނު މުހައްމަދު، ހާމިދު އަލީ، ނަވާލް އަދި އިބްރާހިމް ޝާފިއު (ފުބޫ) ހިމެނެ އެވެ.

ޑައިރެކްޓަރު ޔޫއްޕެ ބުނީ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނަކީ މި ވަގުތު ރާއްޖޭގެ ފިލްމީ ދުނިޔޭގައި އެންމެ ފުންނާބު އުސް ތަރިން ކަމަށެވެ.

އެ ފިލްމުގެ ޝޫޓްކޮށްފައިވަނީ އދ ފެންފުށީ އެ އަތޮޅު މާމިގިލީގެ އިތުރުން ސަން އައިލެންޑުގައެވެ.

"ކޮސް ގިނަ މިސްޓޭކް ވެގެންދާނީ ވަރަށް އެންޓަޓެއިން ކާމިޔާބު ވަރަށް މަގްބޫލް ރީތި މޮޅު ފިލްމަކަށް"

comment ކޮމެންޓް