އިންޑިއާގެ ތަރި ސައިޔާމީ ރާއްޖޭގައި

ސައިޔާމީ ކޭރް---

އިިންޑިއާގެ ފިލްމީތަރި ސައިޔާމީ ކޭރް 27، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސައިޔާމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ރީތި ފަރު ރިސޯޓުގައެވެ. މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރުވެސްމެއެވެ. ސައިޔާމީ ރާއްޖެ އައިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައެވެ.

އޭނާ ރާއްޖޭގައި ފޮޓޯނެގުމަށްފަޖު އެ ފޮޓޯތައް އަންނަނީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ. ސައިޔާމީ ބޮލީވުޑަށް ތައާރަފްވެފައިވަނީ ހަރްޝްވަރްދަން އާއެކު "މިރްޒިއާ" އިންނެވެ.

ސައިޔާމީ އެންމެ ފަހުން ފެނިގެންދިޔައީ އަދިތްޔާގެ މޯލީއިންނެވެ.

comment ކޮމެންޓް