ނަޗް ބަލިޔޭ 9: ޝޯ ކާމިޔާބުކުރީ ޕްރިންސް އާއި ޔުވިކާ!

ޔުވިކާ އާއި ޕްރިންސް

މަޝްހޫރު ޖޯޑުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ'ގެ ނުވަ ސީޒަންގެ އެއްވަނަ ޕްރިންސް ނަރުލާ 29، އާއި ޔުވިކާ ޗައުދަރީ 36، އަށް ލިބިއްޖެއެވެ.

ކުރީ ސީޒަންތަކާ ހިލާފަށް މިފަހަރުގެ ސީޒަން ކުޑަކޮށް ތަފާތުކޮށްލުމަށްފަހު ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯޑުތަކަށްވެސް އެ ޝޯއިން ފުރުސަތު ދީފައެވެ.

ޔުވިކާ އާއި ޕްރިންސް ޝޯ ކާމިޔާބުކުރީ ފައިނަލުގައި ފަސް ބައިވެރިންނާ ވާދަކޮށްގެންނެވެ. ނުވަ ވަނަ ސީޒަންގެ ދެވަނަ ކާމިޔާބުކުރީ އަނިތާ އާއި ރޯނިތު އެވެ. ތިންވަނަ ވިޝާލް އަދިތްޔާ ސިންހް އާއި މަދޫރިމާ ތުލީ ވަނީ ކާމިޔާބުކޮށްފައެވެ.

ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ނަޗް ބަލިޔޭގެ ޓްރޮފީ ޝާންތަނޫގެ ޖޯޑު ގެންދާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ގަދަ ފަހަކުން ގަދަ ހަތަރަކަށް ނުގޮސް ކަޓާފައެވެ.

އެއްވަނަ އަށް ދިޔަ ޖޯޑަށް ފަންސާސް ލައްކަ ރުޕީސް ލިބުނުއިރު ޝޯގެ ޓްރޮފީވެސް ވަނީ ލިބިފައެވެ. ޔުވިކާ އާއި ޕްރިންސް ވަނީ މިދިޔަ އަހަރު ކައިވެނިކޮށްފައެވެ. ޔުވިކާ ވަނީ ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

ޕްރިންސް އާއި ޔުވިކާ އަށް އެއްވަނަ ލިބުމާ އެކު ސޯޝަލް މީޑިއާ ގައި ޝޯ އަށް އަދި ސްޓާޕްލަސް އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ނަޗް ބަލިޔޭގެ ނުވަ ވަނަ ސީޒަން ސްޓާ ޕްލަސް އިން ގެނެސްދޭން ފެށީ ޖުލައި މަހު 19ގައެވެ.

comment ކޮމެންޓް