ހެޕީ ހާޑީ އެންޑް ހީރު ދައްކާ ދުވަސް ޔަގީންވެއްޖެ

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ މިއުޒިކް ޑައިރެކްޓަރު، ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިމޭޝް ރޭޝަމިއާ ކުރިއަށް އޮތް ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ރިލީޒްކުރާ ދުވަސް ހާމަކޮށްފި އެވެ.

އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރުމާ އެކު ވަނީ އެ ފިލްމުގެ ޓްރެއިލާ ވެސް ނެރެފަ އެވެ. އަންނަ ޖަނަވަރީ ތިނެއްގައި މި ފިލްމު ސްކްރީނުތަކުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ސޯނިއާ މަން ލީޑް ރޯޅުން ފެނިގެންދާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ.

އެ ފިލްމު މިއަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ވަރުގަދަކުރުމަށް އެ ފިލްމު ވަނީ ފަސްކޮށްފަ އެވެ. މި ފިލްމުގައި އާމްދަނީ ހޯދުމަށް ރޭލު ސްޓޭޝަންތަކުގައި ލަވަ ކިޔާ ރާނޫ މޮންޑާލްގެ ލަވަ އިވިގެންދާނެ އެވެ.

ހިމޭޝް ބުނީ ރާނޫގެ އަޑަކީ ޖާދުވީ އަޑެއް ކަމަށާއި ލަވަ ކިޔާލެއް ވަރަށް ހިތް ގައިމު ކަމަށެވެ. އަދި އެ އަޑަކީ ލަވަތަކުން އިވެން ޖެހޭ އަޑެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރާނޫ ސްޓޭޝަނުގައި ކީ ލަވައަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރު ކަ ނަގްމާ ހޭ" އެވެ.

މި ފިލްމަކީ ހިމޭޝް ޑަބަލް ރޯލުން ފެނިގެންދާ ފިލްމެކެވެ.

comment ކޮމެންޓް