ހައުސްފުލް 4 ވެސް 100 ކުރޯޑުގެ އާމްދަނީ ހޯދައިފި

ހައުސްފުލް 4 ގެ ކާސްޓް---

ކާމިޔާބު ފްރެންޗައިޒް ހައުސްފުލް 4 ވެސް 100 ކުރޯޑުގެ އާމްދަނީ ހޯދައިފިއެވެ.

މި އަހަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް 100 ކުރޯޑުގެ އާމްދަނީ ހޯދާ އަހަރެކެވެ. ފިލްމު ރިލީޒްކުރިތާ ހަތަރު ދުވަސްތެރޭގައެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލްއެވެ. އަންހެން ލީޑު ތަރިންނަކީ ކްރިތީ ސެނަން، ޕޫޖާ ހޭގް އަދި ކްރިތީ ހަރްބަންދާއެވެ.

"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. "ހައުސްފުލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެ ފިލްމުވަނީ ރިލީޒްކުރުމާއެކު ތަމިލް ރޮކާޒް އިން ލީކުކޮށްލާފައެވެ. ނަމަވެސް ފިލްމަށް ލިބެމުންދާ ތަރުހީބެއް އެކަމުގެ ސަބަބުން ކުޑައެއް ނުވެއެވެ.

comment ކޮމެންޓް