އިންސްޓަގްރާމުން ދީޕިކާ އަށް 40 މިލިއަން ފޮލޯވަރުން

ދީޕިކާ --

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އޭނާގެ އިންސްޓަގްރާމަށް 40 މިލިއަން ފޮލޯވަރުން ލިބިއްޖެ އެވެ.

އޭނާ އަށް އިންސްޓަގްރާމުން 40 މިލިއަން ފޮލޯވަރުން ލިބުމާ ގުޅިގެން އޭނާ ވަނީ އިންސްޓަގްރާމުގައި ވީޑިއޯއެއްވެސް ހިއްސާކޮށްފަ އެވެ. ދީޕިކާ ބުނީ އޭނާ ދީޕިކާއަށް ވަނީ އޭނާގެ ފޭނުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މިހުރި ހިސާބަށް ވާސިލްވުމުގެ އަސްލަކީ ވެސް އޭނާގެ ފޭނުންކަމަށެވެ.

ބަތަލާ ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ޗަޕާކްއެވެ. ދީޕިކާ އާއެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ފިލްމު ސްކްރީނަށް އަންނަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އުމުރުން 28 އަހަރުގެ ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ.

އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ރަންވީރު އާއި ޝާހިދު ކަޕޫރާ އެއްކޮށް ފިލްމު "ޕަދްމާވަތު" އިންނެވެ. ދީޕިކާގެ ކުރިއަށް ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. ބަންސާލީގެ ފިލްމަކުން ދީޕިކާ އަންނަ އަހަރު ފެނުމުގެ ފުރުސަތު ބޮޑުކަމަށް ޚަބަރުތައް ބުނެއެވެ. އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

comment ކޮމެންޓް