ލައިސަންސް ނެތި ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓްވެ އަނިޔާވެއްޖެ

އައްޑޫ ސިޓީގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް ----

އައްޑޫ ސިޓީ މަރަދޫ ފޭދޫ ހުކުރު މިސްކިތް ކައިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ރޭ 8:30 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި އެއް ސައިކަލުގައި އިން 24 އަހަރުގެ ފިރިހެނެއްގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފަ އެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި އިން 26 އަހަރުގެ މީހާއަށް އަނިޔާވެފައެއް ނުވެއެވެ.

ފުލުހުން ބުނީ އަނިޔާވި މީހާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. ނަމަވެސް އަނެއް ސައިކަލު ދުއްވަން އިންް މީހާގެ އަތުގައި ލައިސެންސް އޮންނަ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް