އެންމެފަހުން އަކްޝޭގެ ހައުސްފުލް 4 ވެސް ލީކުކޮށްލައިފި

ހައުސްފުލް4 ގެ ތަރިން---

ބޮލީވުޑްގައި އެންމެ ފަހުން ރިލީޒްކުރި އެއް ފިލްމު އަކްޝޭ ކުމާރުގެ "ހައުސްފުލް 4" ވެސް ލީކުކޮށްލައިފި އެވެ.

ސާޖިދު ޚާން ޑައިރެކްޓްކޮށް އުފައްދާ ފްރެންޗައިޒް ފިލްމު ލީކުކޮށްލާފައި ވަނީ ހަކަށް އައިސް ނުކުންނަ ހުރިހާ ފިލްމުތަކެއް ތަމިލް ރޮކާޒްއިންނެވެ.

އެ ވެބްސައިޓަށް ގިނަ ފަހަރެއްގެ މަތިން ފިޔަވަޅު އެޅި ނަމަވެސް ފިލްމުތައް ލީކުކުރުން ހުއްޓާފައެއްނުވެ އެވެ. އެ ފިލްމަކީ 600 އަހަރު ކުރީގައި ހިނގާފައިވާ ކަންތައް ދައްކުވައިދޭ ފިލްމެކެވެ. ރަސްގެފާނަކު އޭނާގެ ތިން އަންހެން ދަރިންނަށް ކައިވެނިކުރާނެ ފިރިހެނުން ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ފިލްމުން ފެނިގެންދާނެއެވެ.

ތަމިލް ރޮކާޒް އިން ވަނީ ދާދިފަހުން ނެރުނު "މޭޑް އިން ޗައިނާ"ވެސް ލީކުކޮށްލާފަ އެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް އަދި ބޮބީ ޑިއޯލްއެވެ. އަންހެން ލީޑު ތަރިންނަކީ ކްރިތީ ސެނަން، ޕޫޖާ ހޭގް އަދި ކްރިތީ ހަރްބަންދާއެވެ.

"ހައުސްފުލް 3" ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ. "ހައުސްފުލް"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.

comment ކޮމެންޓް