ބިޕާޝާ ބަނޑުބޮޑީތަ؟

ފިލްމީތަރި ބިޕާޝާ ބާސޫ ބަނޑުބޮޑުކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ބޮލީވުޑްގެ ބަތަލު ކަރަން ސިންހް ގްރޯވަރު އާއި ކައިވެނިކޮށްގެން އުޅޭ ބިޕާޝާ ބަނޑުބޮޑުކަމަށް ވާހަކަ ދެކެވެން ފެށުނީ ދިވާލީގައި އެދެތަރިން ނެގި ފޮޓޯއަކާ ގުޅިގެންނެވެ.

ސާޅީ އެއް އަޅަފައި ހުރި ބިޕާޝާގެ ބަނޑުބޮޑުކަމަށް ގަބޫލުކުރެވޭ ކަމަށް ހަބަރުތައް ބުނެއެވެ. އާންމުކުރި ފޮޓޯއާ ގުޅިގެން ދެތަރިންގެ ފޭނުންވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ.
އޭނާ ބަނޑުބޮޑުކަމަށް ވާހަކަދެކެވުނު ނަމަވެސް ކަރަން އެކަމާ މެދު އެއްވެސް އެެއްޗެއް ބުނެފައެއް ނުވެއެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. އަދި އެ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

ދާދިފަހުން ބަތަލާ ޕްރިޔަންކާ ބަނޑުބޮޑުކަމަށްވެސް ވާހަކަދެކެވުނެވެ. އަދި ދީޕިކާ ބަނޑުބޮޑު ކަމަށްވެސް ބޭރުގެ މީީޑިއާތައް ރިޕޯޓް ކުރިއެވެ.

comment ކޮމެންޓް