ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

މުހްޔިއްދީން ސްކޫލް --- ސަން ފޮޓޯ

ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ސަން"އަށް މައުލޫމާތު ދެއްވުމުން ވިދާޅުވީ ޖިންސީ ގޯނާ ކޮށްފައިވަނި މުހްޔިއްދީން ސްކޫލުގެ ފިރިހެން ޓީޗަރެއް ކަމަށެވެ.

"އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާއެކު ސިވިލް ސާވިސްއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލް ދަށުން އެ ޓީޗަރު ވަނީ އެކެހެރިކޮށް، 30 ދުވަހަށް ސަސްޕެންޑް ކޮށްފަ." އަހުމަދު ވިދާޅުވިއެވެ.

ޓީޗަރު ސަސްޕެންޑްކުރީ މިދިޔަ ހަފްތާގައި ކަަމަށްވެސް އަހުމަދު ވިދާޅުވިއެވެ. އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަހުމަދު ނުދެއްވައެވެ.

comment ކޮމެންޓް