އަލީ ރަމީޒު ފަހަތަށް ޖައްސާލުމަށްފަހު ޕެސްޓް އެއްވަނައަށް

ދިވެހި މިއުޒިކް ސްޓްރީމިން ސާވިސް، ލަވަފޮށީގައި އެތައް ޒަމާންތަކެއް ވަންދެއް ވެރިކަން ކުރަމުން ދިޔަ އަލީ ރަމީޒު އެންމެ ފަހުން ފަހަތައް ޖައްސާލައިފި އެވެ.

ފާއިތުވި މަހުގައި އެންމެ ގިނަ އަޑުއެހުންތެރިންތަކެއް ހޯދައި، އަލީ ރަމީޒު ދެވަނައަށް ވައްޓާލީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް (ޕެސްޓް) އެވެ.

ލަޑުފޮށީގެ އެންމެ ގިނަ އަޑުއެހުންތެރިންގެ މަގާމުގައި އަލީ ރަމީޒު ވަރަށް ގިނަ ދުވަހު އިނެވެ. ދިވެހީންނަށް ހަމަ އެންމެ ކަމުދާ އެކަކަކީ އަދިވެސް އަލީ ރަމީޒެވެ.

އެހެންނަމަވެސް ޕެސްޓްގެ ލަވަތައް އަޑުއަހާ ފަރާތްތައް އިތުރުވެ އޭނާ ވަނީ ލަވަފޮށީގެ އެއްވަނައަށް އަރާފައެވެ.

ލަވަފޮށި އިން ބުނިގޮތުގައ މިދިޔަ މަހުގެ ތެރޭގައި ޕެސްޓް އަށް 32،600 އަޑުއެހުންތެރިން ވަނީ ލިބިފައެވެ.

ސިމްބޮލިކް ރިކޯޑްސްގެ ދަށުން ލަވަތައް ނެރެމުން ގެންދާ ޕެސްޓްގެ ލަވަތައް އެ ސާވިސް އިން އަޑުއެހޭނެއެވެ.

ޕެސްޓްގެ އިތުރުންވެސް ދިވެހި ޒުވާނުންގެ އޮރިޖިނަލް ލަވަތަކަށް އެ ސާވިސްގައި އަންނަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

comment ކޮމެންޓް