ދިވެހި ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރުކަން ބައިސްކޯފަށް

އެއްބަސްވުމުގައި ސޮއިކުރައްވަނީ---

އަންނަ މަހުގެ މެދުތެރޭ ބާއްވާ ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް ބައިސްކޯފު ހަމަޖައްސައިފި އެވެ.

ސްޕޮންސާ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާއިރު ބައިސްކޯފުގެ ފަރާތުން ސޮއިކުރެއްވީ ބައިސްކޯފުގެ ޑައިރެކްޓަރ އަބްދުﷲ ހާފިޒެވެ. އަދި އެންސީއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ ވަލީދާ ވަލީދެވެ.

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސްގެ މިއަހަރުގެ "ދިވެހި ފިލްމު އެވޯޑްސް 9" ގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ. މި އަހަރުގެ އެވޯޑްގައި ޖުމްލަ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ހިމަނާފައިވެ އެވެ.

މި ފަހަރު އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރާ ފިލްމުތަކުގެ ތެރޭގައި ޑާކްރެއިންގެ ވަކިން ލޯބިން، ފާތިމަތު ނަހުލާގެ ބޮސް، ފައްތާހުގެ ހައްދު އަދި ރިޝްމީ ލީޑު ރޯލުކުޅޭ ފިލްމު ވިޝްކާ ހިމެނެ އެވެ.

މިިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑްސް ވަނީ ކެންސަލް ކޮށްލާފަ އެވެ. އެންސީއޭ އިން ބުނީ އެގޮތަށް ނިންމާފައިވަނީ ދެ އަހަރުގެ ފިލްމުތައް އެއްކޮށްގެން އެވޯޑް ދިނުމަށެވެ.

comment ކޮމެންޓް