ގަމަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވި ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވި ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވި ބޯޓަކަށް އެމްއެންޑީއެފް އިން މިއަދު އެހީތެރިކަން ފޯރުކޮށްދީފި އެވެ.

"ދިނާޝާ" ނަމަކަށް ކިޔާ އެ ބޯޓަށް ދިޔަވީ ކުރަލި ކަނޑު ތެރޭގައި ހުއްޓައި ކަމަށާއި އޭރު އެ ބޯޓުގައި ހަތް މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:40 ކަންހާއިރު ކަމަށެވެ.

އަދި މިހާރު އެ ބޯޓު ރައްކާތެރިކަމާ އެކު މ. ކޮޅޮފުއްޓަށް ވައްދާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް