މަސްވެރިކަމަށް އިންވެސްޓްމަންޓް ހޯދަން ޖަޕާނު ކުންފުންޏަކާ މަޝްވަރާކޮށްފި

ޖަޕާނުގެ ޔަމަކީ ކޯ ލިމިޓެޑްގެ އިސްވެރިންނާ ރައީސް ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާ ކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް، ޔޮޝިހިރޯއާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގައި އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫގައި ހުންނަ "ޔުއަ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް" އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ފެކްޓްރީން "ކަޓުސުއޮބުޝި" އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެ އެވެ.

މި މިއަދުގެ ބައްދަލުކުރެއްވުމުގައި ޔަމަކީން އައްޑޫގައި ގާއިމުކޮށްފައިވާ ފެކްޓްރީގައި "ކަޓުސުއޮބުޝި" އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް