މާލޭގެ ގެސްޓްހައުސްއެެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ: މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އާއިލާއާ އެކު މާލޭގެ ގެސްޓްހައުސްއެއްގައި ހުރި އަންހެނަކު މަރުވެގެން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، މިއަދު މެންދުރު 3:00 ގައެވެ.

ފުލުހުން ބުނީ، 41 އަހަރުގެ ދިވެހި އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި ގެސްޓް ހައުސްއަކުން ކަމަށެވެ.

އޭރު އޭނާއާއެކު އޭނާގެ އާއިލާވެސް ތިބި ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.

މިހާރު އޭނާގެ ހަށިގަނޑު ވަނީ އައިޖީިއެމްއެޗަށް ގެންގޮސްފަ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލޭގައި މިއަދު މީހަކު މަރުވެފައި އޮއްވާ ފެނުނު އިރު، މި މަހުގެ 11 ވަނަ ދުވަހުވެސް ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ އެ މީހާ މަރުވެފައި ވަނީ މީހަކު އަނިޔާކޮށްގެން ނޫން ކަމަށެވެ.

comment ކޮމެންޓް