އޭޝިއަން އެކެޑެމީގައި "ގަލީ ބޯއި" ވިދާލައިފި

ގަލީ ބޯއި ފިލްމުގެ މަންޒަރެއް ---

އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާ "ގަލީ ބޯއި"އަށް އޭޝިއަން އެކެޑެމީ ކްރިއޭޓިވް އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިއްޖެއެވެ.

މުމްބާއީގެ "ސްޓްރީޓް ރެޕާސް"ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުގައި ރަންވީރު ސިންގް ފެނިގެންދާނީ މަޝްހޫރުވާން އުޅޭ ރެޕް އާޓިސްޓެއްގެ ރޯލުންނެވެ. އަދި އާލިއާ ފެނިގެންދާނީ މެޑިސިން ހަދާ ދަރިވަރެއްގެ ރޯލުންނެވެ.

ފިލްމުގެ އިތުރު ރޯލުތަކުން ކަލްކީ ކޮއެޗްލިން އާއި ވިޖޭ ރާޒް ފެނިގެންދާނެއެވެ.

ގަލީ ބޯއި ދަނީ ތަފާތު ގިނަ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސްގައިވެސް އިންޑިއާގެ ފަރާތުން ހިމަނާފައިވަނީ ގަލީ ބޯއިއެވެ.

ނެޓްފްލިކްސްއިން ރިލީޒްކުރި އިންޑިއަން ސީރީޒް ކަމަށްވާ "ޑެލީ ކްރައިމް"އަށް ވަނީ އޭޝިއަން އެކެޑެމީގައި ތަފާތު ގިނަ އެވޯޑުތަކެއް ލިބިފައެވެ. އެގޮތުން އެ ޝޯއަށް ޖުމްލަ ހަ އެވޯޑެއް ވަނީ ލިބިފައެވެ. އެ ޝޯއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ޑްރާމާ ސީރީޒްއާއި އެންމެ މޮޅު ޑައިރެކްޝަން ހިމެނެއެވެ. ޝޯގެ ލީޑު ރޯލުން ފެނިގެންދާ ޝެފާލީ ޝާހްއަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑްވެސް ލިބިފައެވެ.

ޑެލީ ކްރައިމްއަކީ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޝޯއެކެވެ.

comment ކޮމެންޓް