މާލޭގެ ކެފޭއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ

ރޯޅިކެފޭގައި އަލިފާން ރޯވެ އަނދާފައި--- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ކެފޭއެއްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯވެފައިވަނީ މާވެޔޮމަގުގައި ހުންނަ ރޯޅިކެފޭގެ ބަދިގޭގައި ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:53 ގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ސީލިންގްއަށާއި ބަދިގޭގެ ބައެއް ބައިތައް އަނދާ ވަނީ ގެއްލުންތަކެއްް ލިބިފަ އެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ހަރަކާތްތެރިވަނީ---- ފޮޓޯ: އެމްއެންޑީއެފް

comment ކޮމެންޓް