އާ ފިކްސެލް ފޯނު މިރޭ ފެނިގެންދާނެ!

އާ ޕިކްސެލް ފޯނު ކަމަށް ބެލެވޭ ފޯނު -- ފޮޓޯ : އެންޑްރޮއިޑް އޮތޯރިޓީ

ގޫގަލްގެ ފްލެގްޝިޕް ފޯނު ސީރީޒް "ޕިކްސެލް"ގެ އެންމެ ފަހުގެ ފޯނުތައް މިރޭ ދައްކާލުމަށް ތައްޔާރުވެއްޖެ އެވެ.

މިހާތަނަށް އެންމެ ގިނަ މައުލޫމާތެއް ލީކުވެފައިވާ ފޯނު ކަމަށްވާ "ޕިކްސެލް 4" ފޯނު ދައްކާލުމުގެ އިވެންޓު މިރޭ ރާއްޖޭ ގަޑިން 7:00 ގައި ފަށާނެއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޕިކްސެލް ސީރީޒްގެ ދެ ފޯނެއް ދައްކާލާނެއެވެ. އެއީ ދެ ސައިޒެއްގެ ދެ ފޯނެވެ.

ލީކުތަކުން އެނގޭގޮތުގައި މިއަހަރު ޕިކްސެލް އެންމެ ބޮޑަށް އަމާޒުކުރަނީ ފޯނުގެ ކެމެރާ ޕްރޮމޯޓުކުރުމަށެވެ. ޕިކްސެލްގެ ތިން ސީރީޒް ފޯނެއް މިހާތަނަށް ނެރެފައިވާއިރު އެ ހުރިހާ ފޯނެއްގެ ފަހަތުގައިވެސް ބޭނުންކޮށްފައިވަނީ އެންމެ ކެމެރާ ސެންސަރެކެވެ. އެހެންނަމަވެސް މިއަހަރުގެ ޕިކްސެލް ފޯނުތަކުގެ ފަހަތުގައި ތިން ކެމެރާއެއް ހިމެނާފައިވެއެވެ.

އާ ޕިކްސެލް ފޯނު ކަމަށް ބެލެވޭ ފޯނު --- ފޮޓޯ : ޖެނިކްސް

ފޯނުގެ ޑިޒައިނަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައި ކަން ލީކުތަކުން އެނގެއެވެ. އެހެންނަމަވެސް ލީކުތަކުން ފެންނަ ޑިޒައިނެއް ފޭނުންނަކަށް ކަމަކު ނުދެއެވެ.

މިދިޔަ އަހަރުގެ ޕިކްސެލް ފޯނުގައި ބޮޑު "ނޮޗް"އެއް އިނެވެ. މިއަހަރުގެ ފޯނުގައި ނޮޗްއެއް ނެތް ނަމަވެސް ބޮޑު "ނިތްކުރި" އެއް އިންނާނެއެވެ. އެއީ ތަފާތު ސެންސަރުތަކެއް ބޭނުންކުރާށެވެ. ލީކުތަކުން އެނގޭ ގޮތުގައި އެނގޭގޮތުގައި މިއަހަރުގެ ޕިކްސެލްގައި އިޝާރާތްކޮށްގެން ފޯނު ބޭނުންކުރާނެ ހާއްސަ ސެންސަރުތަކެއް ވަނީ ބޭނުންކޮށްފައެވެ.

ޕިކްސެލް ފޯނު މޮޅުވަނީ ފޯނުގެ ކެމެރާއަށާއި ފޯނުގެ ސޮފްޓްވެއާއަށެވެ. އެހެންކަމުން ގިނަ ބަޔަކު އިންތިޒާރު ކުރަނީ ގޫގަލް އިން ދައްކާލާނެ އާ ފީޗާސްތަކަށެވެ.

comment ކޮމެންޓް