ސުނިލް ޝެޓީ ހޮލީވުޑަށް

ސުނީލް ޝެޓީ ފެނިގެންދާނީ "ކޯލް ސެންޓަރ" ނަމަކަށް ކިޔާ ހޮލީވުޑް ފިލްމަކުން --- ފޮޓޯ : މުމްބައި މިރޯ

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީއަށް ހޮލީވުޑްގެ ބޮޑް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިިއްޖެ އެވެ.

ފިލްމީ އިންޑަސްޓްރީއާ ދުރުގައި ހުރުމަށްފަހު ސުނިލް ޝެޓީ ވަނީ ދާދި ފަހުން ބޮޑު ސްކްރީނަށް އަނބުރާ އައިސްފަ އެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ހޮލީވުޑުންވެސް ސުނިލް އަށް ފިލްމު ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސުނިލް ފެނިގެންދާނީ ހޮލީވުޑް ފިލްމެއް ކަމަށްވާ "ކޯލް ސެންޓާ" އިންނެވެ. އެ ފިލްމުގައި ސުނިލް ފެނިގެންދާނީ އިންޑިއާ ފުލުހެއްގެ ރޯލުންނެވެ.

ކޯލް ސެންޓަރުގައި ސުނިލް ފެނިގެންދާނީ ސިކު ފުލުހެއްގެ ރޯލުންނެވެ. އެ ފިލްމުގައި އިންޑިއާގެ އިތުރުން އެމެރިކާ އެކްޓަރުން ކާސްޓުގައި ހިމެނެ އެވެ.

އެ ފިލްމުގެ ޝޫޓިން ކުރިއަށްދާނީ އިންޑިއާގަ އެވެ. އެގޮތުން މިހާރު ފިލްމުގެ ޝޫޓިންގެ ބައެއް ހައިދުރަބާދުގައި ކުރިއަށް އެބަދެ އެވެ.

ސުނިލް ޝެޓީ ވަނީ ދާދި ފަހުން ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ޔޫތު މިނިސްޓްރީން ހަމަޖައްސާފަ އެވެ.

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް އޭނާ ހަމަޖައްސާފައިވަނީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓު ކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ފިިޓްނަސް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއެކު ސުނިލް ޝެޓީ މަސައްކަތް ކުރާނެ އެވެ.

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ހަމަޖެއްސުމާ ގުޅިގެން ސުނިލް ޝެޓީ ބުނީ މިއީ ލިބުނު ފަހުރެއް ކަމަށާއި ދުޅެހެޔޮ ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށެވެ.

comment ކޮމެންޓް