ބަންގްލަދޭޝްގައި އޮންނަ ޔޫއެފާ އެސިސްޓް މުބާރާތަށް 16 އަހަރުން ދަށުގެ ޓީމު ފުރައިފި

16 އަހަރުން ދަށުގެ ޓީމް ބަންގްލަދޭޝްއަށް ފުރަން ދިއުމުގެ ކުރިން އެފްއޭއެމްގެ އިސްވެރިންނާ ބައްދަލު ކުރަނީ --- ފޮޓޯ// އެފްއޭއެމް

ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ ޔުއެފާ އެސިސްޓް ޑިވެލޮޕްމެންޓް ޓޯނަމަންޓް 2019 ގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ފުރައިފިއެވެ.

މި މަހުގެ 16 އިން 20 ގެ ނިޔަލަށް ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ޒުވާން ޓީމު ފުރާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި މުބާރާތް އޮންނާނީ ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި މި މަހުގެ 16 އިން 20 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ފުރާފައިވަނީ މިރޭގެ ވަގުތެއްގައެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ކެމްބޯޑިއާ، ބަންގްލަދޭޝް އަދި ފެރޯ އައިލޭންޑްސްއެވެ.

16 އަހަރުން ދަށުގެ ޓީމް ބަންގްލަދޭޝްއަށް ފުރަން ދިއުމުގެ ކުރިން އެފްއޭއެމްގެ އިސްވެރިންނާ ބައްދަލު ކުރަނީ --- ފޮޓޯ// އެފްއޭއެމް

ޔޫއެފާގެ އެހީއާއެކު ރާއްޖޭގައި ވެސް މި އަހަރު ވަނީ 14 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގެ ފައިނަލުގައި ވާދަ ކުރީ ބޫޓާނާއި ލެޓްވިއާއެވެ. އެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ލެޓްވިއާއިންނެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލުވެފައެވެ.

ނަމަވެސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ)އަށް އަމާޒުހިފައި، ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމަށް މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖެއްސި ފަހުން، ޒުވާން ޓީމުން ވަނީ ދެ މުބާރާތެއްގައި ކުޅެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ.

އެގޮތުން އޯގަސްޓް މަހު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރިއިރު، މިދިޔަ މަހު ޒުވާން ޓީމު ވަނީ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައިވެސް ވަނީ ވާދަކޮށްފައެވެ.

16 އަހަރުން ދަށުގެ ޓީމް ބަންގްލަދޭޝްއަށް ފުރަން ދިއުމުގެ ކުރިން އެފްއޭއެމްގެ އިސްވެރިންނާ ބައްދަލު ކުރަނީ --- ފޮޓޯ// އެފްއޭއެމް

މީގެ އިތުރުން 16 އަހަރުން ދަށުގެ ޒުވާން ޓީމު މިއަހަރު އޮންނަ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރޭ 19 އަހަރުން ދަށުގެ ޒުވާން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިއުލާން ކޮށްފައެވެ. އެކަމުގެ ބޭނުމަކީ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ރަނގަޅުކޮށް ކުރިއަށް އޮތް މުބާރާތްތަކަށް ދާއިރު ޓީމުގެ ރޫހު ރަނގަޅު ކުރުންކަމަށް ބައްސާމް ވިދާޅުވިއެވެ.

ޒުވާން ޓީމުން ގިނަ މެޗުތަކެއް ކުޅެމުން އަންނައިރު، ނިޒާމްބެ ބުނެފައިވަނީ، މިމެޗުތަކުން ނުކުންނަ ނަތީޖާއާ ދޭތެރޭ ކަންބޮޑު ނުވާ ކަމަށާއި، އޭނާ މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށެވެ.

comment ކޮމެންޓް