މި ސަރަހައްދުން އެންމެ މަގުބޫލީ ރާއްޖޭގެ ރިސޯޓްތައް

ސީއެން ޓްރެވަލަރ މަޖައްލާގެ ކިޔުންތެރިންނަށް މި ސަރަހައްދުން އެންމެ މަޤްބޫލު ރިސޯޓު، ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް -- ފޮޓޯ: އަނަންތަރާ

ލަގްޒަރީ ޓްރެވަލް މަޖައްލާ، "ކޮންޑެ ނާސްޓް ޓްރެވަލާ"ގެ ރީޑާސް ޗޮއިސް އެވޯޑްސް 2019 ގައި މި ސަރަހައްދުގެ އެންމެ މަގުބޫލު 30 ރިސޯޓުގެ ލިސްޓްގައި ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ހިމެނިއްޖެ އެވެ.

ކޮންޑް ނާސްޓް ޓްރެވަލާ މަޖައްލާގެ ކިޔުންތެރިންގެ މެދުގައި ނެގި ވޯޓަކުން އެކުލަވާލައި މި ހަފްތާ އާންމު ކުރި، އެ ލިސްޓުގައި މި ސަރަހައްދުގެ އެންމެ މަގުބޫލު ރިސޯޓުގެ މަގާމު ހޯދީ ރާއްޖޭގެ، ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ.

ލިސްޓުގެ ދެވަނަ މަގާމު ނ. އަތޮޅުގެ ވެލާ ޕްރައިވެޓް އައިލެންޑަށް ލިބުނުއިރު، ތިންވަނަ ލިބުނީ ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްއަށެވެ.

އެ ތިން ރިސޯޓާއެކު ލިސްޓުގެ މަތީ 10 މަގާމު ވެސް ލިބިފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެއީ؛

  • އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓް
  • ޝެވަލް ބްލަންކް ރަންދެލި
  • އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް
  • ސޮނޭވާ ފުށި
  • ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް
  • ޖޯލި
  • ވަން އެންޑް އޮންލީ ރީތި ރަށް

އިނގިރޭސިވިލާތުގެ ކޮންޑެ ނާސްޓް ޓްރެވަލާގެ ރީޑާސް ޗޮއިސް އެވޯޑްސްއަކީ 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ދެމުންގެންދާ އެވޯޑުތަކެކެވެ.

މިއަހަރުގެ އެވޯޑްސްގައި ހަ ލައްކައަށް ވުރެ ގިނަ ފަރާތްތަކުން ވޯޓުލާފައިވާއިރު، މިއީ އެ އެވޯޑް ދޭން ފެށިފަހުން އެންމެ ގިނަމީހުން ވޯޓު ލީ އަހަރު ކަމަށް ކޮންޑެ ނާސްޓްއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް