ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން ޑިޒައިނާއި އީއައިއޭ ހަދަން ހަވާލުކޮށްފި

މ. މުލައް: އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ސަރުކާރުން ވަނީ ނިންމާފައި --ފޮޓޯ/ އައިލެންޑް އެކްްސްޕްލޯރާ

ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިނާއި އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީއިން މިއަދު ވަނީ، މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށި، ތ. ބުރުނީ، އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިނާއި އީއައޭ ހެދުން ރިޔަން ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ލަމެއާ ގްރޫޕް އެންޑް ނިރާސް އޭއެސްއާ ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގުއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއި ކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒު އެވެ.

އެ ރަށްތަކުގެ ތެރެއިން މ. އަތޮޅުގެ ތިން ރަށުގެ މަޝްރޫއުތަކުގެ ޑިޒައިނާއި އީއައިއޭ ހަދަން އެ ދެ ކުންފުންޏާ ހަވާލު ކުރީ ޖުމްލަ 1.9 މިލިއަން ރުފިޔާއަށެވެ. އަދި ތ. އަތޮޅުގެ ދެ ރަށުގެ މަޝްރޫއުތަކުގެ ޑިޒައިނާއި އީއައިއޭ ހަދަން ހަވާލު ކުރީ ޖުމްލަ 1.6 މިލިއަން ރުފިޔާ އަށެވެ.

އެގްރީމަންޓުގައިވާ ގޮތުން އެ މަސައްކަތްތައް 12 މަސް ދުވަހުގެ ތެރޭގައި ނިންމަން ވާނެ އެވެ.

comment ކޮމެންޓް