ކުޑަކުއްޖަކާ ބެހިގެން ހައްޔަރުކުރި 62 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 62 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މެދު ރާއްޖެތެރޭ ރަށަކުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުނަށް ހުށަހަޅާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ކޯޓު އަމުރަކާއެކު 62 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ކޯޓުން އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަަމަށެވެ.

ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީވެ، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މެދު ރާއްޖެތެރޭ ރަށަކުން އުމުރުން 62 އަހަރުގެ މީހަކު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު، ދެކުނުގެ އަތޮޅަކުން ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް މި ހަފްތާތެރޭ ވަނީ ފެންމަތިވެފައެވެ. ކޯޓު އަމުރަކާއެކު މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށް، އިއްޔެ ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

comment ކޮމެންޓް