އެއާޕޯޓްގައި ހަދާ ކާގޯ އިމާރާތުން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދަމުންދާ ކާގޯ އިމާރަތުން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިއަދު ހިނގި ހާދިސާގައި ވެއްޓި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 27 އަހަރުގެ މީހަކަށެވެ.

އޭނާ ވެއްޓިފައި ވަނީ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕުން އެއާޕޯޓުގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އޭނާ ވެއްޓިގެން އެއާޕޯޓު ފަސްޓް އެއިޑް އަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:20 އެހާކަށް ހާއިރު ކަމަށެވެ.

ވެއްޓުމުގެ ސަބަބުން އޭނާ އިންޓާނަލް ބްލީޑް ވާކަމަށާއި އަދި ފްރެކްޗާތަކެއް ހުރި ކަމަށް ފަސްޓް އެއިޑް އާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ އިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް