އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އަހްމަދު މާހިރު

އަހްމަދު މާހިރަށް ފަތްކޮޅު އަރުވަނީ --

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، މ. ރައުފަތުގެ އަހުމަދު މާހިރު އައްޔަން ކުރައްވައިފިއެވެ.

އަހްމަދު މާހިރަށް މަގާމުގެ ފަތްކޮޅު ރައީސް ސޯލިހު ދެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިރޭ "ސަން" އަށް ވިދާޅުވީ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ، "ސްޕެޝަލް އެސައިންމަންޓްތަކަށް" ކަމަށެވެ. އަަދި އާންމު ގޮތެއްގައި އެމްބެސަޑާގެ މަގާމަކީ، ސްޓޭޓް މިނިސްޓަރު ލެވެލްގެ މަގާމެއް ކަމަށް ހޫދު ވިދާޅުވިއެވެ.

އެމްބެސެޑާ ޓް ލާޖްގެ މަގާމަށް އައްޔަން ކުރެވުނު އަހްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހި ދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް