އަބޫދާބީގެ ވަލީ އަހުދަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

އަބޫދާބީގެ ވަލީއަހުދު، އަދި އެކުވެރި ޢަރަބި އިމާރާތުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ޝައިހް މުހައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ބޭބޭފުޅު، ޝައިހް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާއި ގުޅިގެން، އަބޫދާބީގެ ވަލީއަހުދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، އަބޫދާބީގެ ވަލީއަހުދަށް، ރައީސް ސޯލިހް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާ ގުޅިގެން ޝާހީ އާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަބޫދާބީގެ ޝާހީ އާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު މިދިޔަ އާދިއްތަދުވަހު ލަންޑަންގައެވެ.

އަވަހާރިވި އިރު އުމުރުފުޅަކީ 73 އަހަރެވެ. މަރްޙޫމްގެ ހަށިކޮޅު ފަސްދާނުވަޑުވާފައި ވަނީ އަންގާރަދުވަހު އަބޫދާބީގައެވެ.

އަބޫދާބީއާއި ރައްޖެއާ ދެމެދު ސިޔާސީ ގުޅުން ގައިމުކޮށްފައިވަނީ، މާޗް، 15، 1978 ގައެވެ. އެއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރެވުނު 32 ވަނަ ގައުމެވެ.

comment ކޮމެންޓް