ތޮއްޑޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެއްޖެ

އއ. ތޮއްޑޫ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ތޮއްޑޫގައި މިއަދު ހިންގި މާރާމާރީއެއްގައި ޒުވާން ފިރިހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ 26 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް އެންމެފުރަތަމަ ތޮއްޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ތޮއްޑޫގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:36 ހާއިރު ކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުންނަށް އެރަށް ދެވުނީ 11:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލައިގައި ފުލުހުންގެ ޓީމެއް ދަނީ ތޮއްޑޫގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް