ސަރުކާރުގެ ފަސް އަހަރުގެ ޕްލޭން މިރޭ އިފްތިތާޙު ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއްމު މަޖިލީހުގައި--- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުގެ "ސްޓްރެޓެޖިކް ޕްލޭން" މިރޭ ހިފްތިތާހު ކުރުމަށް ނިންމައިފި އެވެ.

"ސްޓްރެޓެޖިކް ޕްލޭން" އިފްތިތާހު ކުރުން އޮތީ މިރޭ 9:00 ގައި ދަރުބާރުގޭގައި ބާއްވާ ހަފްލާއެއްގަ އެވެ.

އެ ޕްލޭނާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު، އިބްރާޙިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، ފަސް އަހަރުތެރޭ ސަރުކާރުން ރާވާ ހިންގާ ކަންތައް "ސްޓްރެޓެޖިކް ޕްލޭން" ގައި ހިމަނާފައިވާނެ ކަމަށެވެ.

ހޫދު ވިދާޅުވީ، "ސްޓްރެޓެޖިކް ޕްލޭން" އިފްތިޔާހު ކޮށްދެއްވާނީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން 100 ދުވަހުގެ ތެރޭގައި ހާސިލް ކުރަން ކަނޑައެޅި ލަނޑުދަޑިތައް ވެސް އެކުލަވާލައި އެކަންކަން ވެސް އިއުލާންކުރި އެވެ.

comment ކޮމެންޓް