22 މިލިއަން ރުފިޔާއަށް، 36 ރަށެއްގެ ފެނާއި ނަރުދަމާ ޑިޒައިން ކުރަން ހަވާލުކޮށްފި

36 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ތިރީސް ހަ ރަށެއްގައި ފެނާއި ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި 15 ރަށެއްގައި ފެނުގެ ނިޒާމު ޑިޒައިން ކުރުމަށް އަދި 21 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިން ކުރުމަށް ހަވާލުކުރީ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތު ފީޑްބެކް އިންފްރާ ޕްރައިވެޑް ލިމިޑެޓް އަދި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. މަސައްކަތާ ހަވާލުވި އިޕޮކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުއާވިޔަތު އަބްދުއް ސައްތާރެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވި މަސައްކަތްތަކުގެ ޖުމްލަ އަގު 22،054،920 ރުފިޔާއަށް އަރަ އެވެ.

ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް ހަވާލުކުރި ރަށްތައް:

ހއ. މާރަންދޫ، ހއ. މުރައިދޫ، ށ. ފީވަކު، ނ. ހެނބަދޫ، ނ. މަނަދޫ، ރ. އިންނަމާދޫ، ބ. ކަމަދޫ، ބ. މާޅޮސް، ކ. ހިންމަފުށި، އދ. އޮމަދޫ، އއ. މަތިވެރި ، އއ. ދިއްދޫ، އދ. ފެންފުށީ، ތ. ދިޔަމިގިލި، ތ. މަޑިފުށީ

ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިން ކުރަން ހަވާލު ކުރި ރަށްތައް:

ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ހއ. ވަށަފަރު، ހއ. ތަކަންދޫ، ށ.ގޮއިދޫ، ނ. ފޮއްދޫ، ނ. މާފަރު، ރ. ފައިނު، ޅ. އޮޅުވެލިފުށި، އއ. ފެރިދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، މ. ނާލާފުށި، މ.ރަތްމަންދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ނަޑެއްލާ، ލ. ހިތަދޫ، ލ. ކުނަހަންދޫ

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމާއި ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ސާވޭ މަސައްކަތާއި ޕްރިލިމިނަރީ ޑިޒައިން، ޑީޓެއިންޑް ޑިޒައިން، ޓެންޑާ ޑޮކިއުމަންޓްސް އަދި އީއައިއޭ ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ އެވެ.

  • ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ނަޑެއްލާ، ލ. ހިތަދޫ އަދި ލ. ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3,229,800.00 ރުފިޔާއަށެވެ.
  • ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު އަދި ހއ. ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ހއ. މާރަންދޫ އަދި ހއ. މުރައިދޫގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3,598,920.00 ރުފިޔާއަށެވެ.
  • ނ.ފޮއްދޫ، ނ.މާފަރު އަދި ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ނ.ހެނބަދޫ، ނ.މަނަދޫ އަދި ށ. ފީވަކުގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 4,752,420.00 ރުފިޔާއަށެވެ.
  • ޅ.އޮޅުވެލިފުށި އަދި ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ބ.ކަމަދޫ، ބ،މާޅޮސް، ރ.އިންނަމާދޫ އަދި ކ.ހިންމަފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3,322,080.00 ރުފިޔާއަށެވެ.
  • އއ.ފެރިދޫ، އއ.ހިމަންދޫ އަދި އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި އދ.އޮމަދޫ، އއ.މަތިވެރި، އއ.ދިއްދޫ އަދި އދ.ފެންފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ 3,552,780.00 ރުފިޔާއަށެވެ.
  • މ.ނާލާފުށި، މ.ރަތްމަންދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ތ.ދިޔަމިގިލި އަދި ތ.މަޑިފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,598,920.00 ރުފިޔާއަށެވެ.
comment ކޮމެންޓް