ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް ޕެކޭޖެއް ފޮނުވާލަން ރެޑްބޮކްސް

ރެޑްބޮކްސްގެ ޓީމް -- ފޮޓޯ: ރެޑްބޮކްސް

ރެޑްބޮކްސްއަކީ އެންޑް-ޓު-އެންޑް، ޓެކްނޮލަޖީ އެނޭބްލްޑް ލޮޖިސްޓިކް ސޮލިއުޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ދެހާސް ފަނަރަވަނަ އަހަރު އުފެއްދި ރެޑްބޮކްސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ވަނީ ރާއްޖޭގެ އީކޮމާސް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކުންފުންޏެކެވެ.

ރެޑްބޮކްސްގެ ހިދުމަތަކީ ބޭނުން އިރަކު ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް ޕެކޭޖެއް ފޮނުވާލެވޭނެ ހިދުމަތެކެވެ.

"ފުވައްމުލަކުގައި ހުންނަ މީހަކު ގދއަށް ޕެކޭޖެއް ފޮނުވާލަން އަޅުގަނޑުމެންގެ ހިދުމަތް ބޭނުން ކުރެވިދާނެ. ކުޑަ އަގެއްގައި ފަސޭހައިން ޕެކޭޖު ފޮނުވާލެވޭނެ ރެޑްބޮކްސް މެދުވެރިކޮށް،" ރެޑްބޮކްސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރެޑްބޮކްސް މެދުވެރިކޮށް ފޮނުވާ ޕެކޭޖު ޑެލިވަރީ ކުރުމުގެ ހިދުމަތްވެސް އެ ކުންފުނިން ދެއެވެ. މާލެއާއި ރާއްޖޭގެ 22 އަތޮޅުގެ 189 ރަށަކަށް ރެޑްބޮކްސްގެ ހިދުމަތް ދެއެވެ. އޭގެ އިތުރުން ރިސޯޓުތަކަށްވެސް ރެޑްބޮކްސް މެދުވެރިކޮށް ޕެކޭޖު ފޮނުވާލެވޭނެއެވެ.

ރެޑްބޮކްސްގެ ހިދުމަތް ހޯދާ ފަރާތްތަކަށް އޮތް އަނެއް ފަސޭހައަކީ އެކުންފުނީގެ އެޕްލިކޭޝަނެވެ. ރެޑްބޮކްސް މެދުވެރިކޮށް ފޮނުުވާ ޕެކޭޖުތައް ދުވަހުން ދުވަހަށްވެސް ޑެލިވަރީކޮށްދެއެވެ.

ރެޑްބޮކްސް އިން މެއިލް ޑެލިވަރީ ހިދުމަތުގެ އިތުރުން އީކޮމާސް ނެޓްވޯކު ހިދުމަތް، ޕާރުސަލް ޑެލިވަރީ ސާވިސް އަދި ކާގޯ ޑެލިވަރީގެ ހިދުމަތް ދެއެވެ.

comment ކޮމެންޓް