ކަލަބޭންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ކަލަބޭންކުން ހުޅުވި އާ ފިހާރަ -- ފޮޓޯ: ކަލަބޭންކް

ކަލަ ބޭންކުގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނާއި ކިޗަންވެއާ އަދި ޑައިންވެއާގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ މި ފިހާރައިން ވޯލްޕޭޕާ އަދި ވޯލްޑެކޯ އަށް ބޭނުންވާ އުފެއްދުންތައްވެސް ލިބެނެ އެވެ.

މީގެ އިތުރުން ކަލަބޭންކުގެ އެހެން ފިހާރަތަކުން ވިއްކާ ކުލަ އާ ގުޅޭ އުފެއްދުންތައް ވެސް މި ފިހާރައިން ލިބޭނެ އެވެ. އޭގެތެރޭގައި މެރިން ޕެއިންޓް، އިންޓީރިއާ ޕެއިންޓް އަދި އެކްސްޓީރިއާ ޕެއިންޓުގެ ގިނަ ވެރައިޓީތައް ހިމެނެއެވެ.

ކަލަބޭންކް ހޯމްގެ ނަމުގައި ހުޅުވި މި ފިހާރައަކީ ކަލަބޭންކުގެ ތިންވަނަ ރީޓެއިލް ފިހާރަ އެވެ. މި ފިހާރަ ހުންނާނީ ހުޅުމާލެ ނިރޮޅުމަގު، ލޮޓް ނަންބަރު 11115 ގައެވެ.

ކަލަ ބޭންކް އަކީ ކޯލޯޑް މޯލްޑިވްސް އިން ހިންގާ ފިހާރައެކެވެ. އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ބޭނުންވާ ކޮލެޓީ ސާމާނު ފޯރުކޮށްދިނުމަށްކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް