ރަށްރަށުގައި ހުރި ދުވަސްވީ ކުނި ނަގާނެ ބަޔަކު އަނެއްކާވެސް ހޯދަނީ

ރަށެއްގައި ހުރި ކުނިކޮއްޓެއް-- ސަން ފައިލް ފޮޓޯ

ރަށްރަށުގައި ހުރި ދުވަސްވީ ކުނި ނަގާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ކުރި އިއުލާނު އިސްލާހުކޮށް އަނެއްކާވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސްއިން ކުރި އިއުލާނުގައި ބުނީ ރަށްރަށުގައި ހުރި ދުވަސްވީ ކުނި ނަގައިދޭނެ ދިވެހި ކުންފުނިތަކަށް މަސައްކަތަށް ކުރިމަތިލުވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. ހަ ސަރަހައްދަކަށް ބަހާލައިގެން ރާއްޖޭގެ އެކި ސަރަހަައްދުތަކުގައި ނުނަގައި ހުރި ދުވަސްވީ ކުނި ނެގުމަށް ޝައުގުވެރިވާ ފަރާތްތަަކުން ބީލަން ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ފިނޭންސްގެ އިއުލާނުގައި ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި އެކި ސަރަހައްދުތަކުން ކުނި ސާފުކުރުމަށް ދައްކަންޖެހެނީ އެކި އަދަދުުތަކެވެ.

  • ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 460،000 ރުފިޔާ
  • ނ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 12،000 ރުފިޔާ
  • ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 13،000 ރުފިޔާ
  • މ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 40،000 ރުފިޔާ
  • ގއ. އިން ފެށިގެން ފުވައްމުލަކާއި ހަމައަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 330،000 ރުފިޔާ
  • އައްޑޫ ސިޓީގައި ޖަމާވެފައިވާ ގިނަ ދުވަސްވީ ކުނިތައް ނެގުމަށް ނަގައި ސާފުކުރުމުގެ މަސައްކަތަށް 380،000 ރުފިޔާ

މި މަސައްކަތާ ގުޅޭ މައުލޫމާތު ފިނޭންސްއަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ލިބޭނެކަމަށް އިއުލާނުގައި ވެއެވެ.

ރަށްރަށުގެ ކުނި ނަގައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަނީ ރަށު ކައުންސިލުން ހަވާލުކުރާ ބަޔެކެވެ. ބައެއް ސަރަހައްދުތަކުގައި ވެމްކޯ އިން އެ މަސައްކަތްކުރާއިރު ގިނަ ރަށްރަށުގައި އެ މަސައްކަތްކުރަނީ ބިދޭސިން ބައިވެރިކޮށްގެން އަމިއްލަ ފަރާތްތަކުންނެވެ.

comment ކޮމެންޓް