އަލިފާނުގައި ގެއްލުން ލިބުނު އުޅަނދުތަކުގެ ވެރިފަރާތްތައް ހޯދަނީ

އަލިފާނުގައި ގެއްލުން ލިބުނު ސައިކަލްތަކެއް ފުލުހުން ނަގަނީ--- ފޮޓޯ: ފުލުހުން

ރޭ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ހިނގި އަލިފާނުގައި އެ ސަރަަހައްދުގައި ހުރި ބައެއް ސައިކަލު ވަނީ އަނދައި ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެނދި އަދި ގެއްލުން ލިބުނު އުޅަނދުތައް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"އެ އުޅަނދުތައް އައިޑެންޓިފައިކޮށް ވެރިފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައ ރޯވެގެން އެ އަލިފާންގަނޑު ކައިރީ ހުރި ގެތަކަށް ފެތުރިގެންނެވެ. އަލިފާން ރޯވި ގެ ހުރި އަބަދަށް ފެހިމަގަކީ ވަރަށް ހަނި މަގެކެވެ.

ހާދިސާ ހިނގިއިރު އެ މަގުގައި އަލިފާން ރޯވި ގުދަނާ ދިމާލުގައި އަދި މުޅި މަގުގައިވެސް ގޭގޭގެ ދޮރުމައްޗަށް ވާގޮތަށް އެއްވެސް ހުސްތަންކޮޅެއް ނެތި ސައިކަލުތައް ހުރީ ފުންޏަކަށް ޕާކުކޮށްފަ އެވެ.

ރޭގެ ހާދިސާގައި ހަ އިމާރާތުގައި އަލިފާން ރޯވެ އެކަކު ވަނީ ނިޔާވެސްވެފަ އެވެ.

comment ކޮމެންޓް