ހިޔާޔާނާތުން ދޫކުރި ބައެއް ރަށްތައް އަތުލައި، ބާކީ ރަށްރަށުން ހަމަ އަގު ހޯދަނީ

ސެންޓެންބަރ 9، 2019: ރައީސް ނޫސްވެރިންނައް ދެއްވި ޕްރެސް ކޮންފަރެންސްގެ ރެތެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތުން ދޫކުރި ބައެއް ރަށްތަކުގެ އެގްރިމަންޓް ބާތިލްކޮށް، ބަކީ ރަށްތަކުން ހަމަ އަގު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ހިޔާނާޓުގެ ތެރެއިިން 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ ކަމަށެވެ. އޮޑިޓް ރިޕޯޓާ ހަވާލާ ދެއްވާ ރައީސް ވިދާޅުވީ، އެ ރަށްތަކުން ދަައުލަތުން ގެއްލިފައިވަނީ، 91 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ހޯދި ހޯދުން ތަކުން މުޅި ޖުމްލަ އެ ރަށްތަކުގެ ހަމަ އަގު 220 މިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް ވިދާވި އެވެ.

"މިހާތަނަށް ބެލި ބެލުމުގައި އެ ރަށްތައްކުގެ އިކުޒިޝަން ކޮސްޓް މިހާރު ހަމަ ޖެހިފައި އޮތް ގޮތުން އަގު ކުރީމައި، 220 މިލިއަނަށް އަރައި. އެއީ ފަޅުތައް ނުހިމަނައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދޫކުރި ގިނަ ރަށްތައް ދޫކޮށްފައިވަނީ ހަމަ އަގު ނޫން ކަމަށާއި، ރަށްތަކަށް ކުންފުނިތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު ކަނޑިޔަސް، ދައުލަތަށް ލިބެންޖެހޭ ހަމައަގު 129 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން އަދިވެސް މި މައްސަލަތައް ދަނީ ބަލަމުން ކަމަށާއި އެ ކޮމިޝަންގެ ރިޕޯޓު ފައިނަލް ވުމުން ވީހާވެސް އަވަހަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރުވެސް އެޅެން އޮތް ފިޔަވަޅެއް ވަގުތުން ވަގުތަށް އަޅަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނީ ރާއްޖެ އަންނަ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިޕޯޓު ފައިނަލް ވުމާއެކު އެ ރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރާނަން. އަދި މިހާރަށް މިހާރަށްވެސް އެގްރިމަންޓް ބާތިލް ކުރެވެން އޮތް ރަށެއް ބާތިލް ކުރެވެން އޮތް ނަމަ އެކަަން ވެސް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ދެދުވަސް ކުރިން އެފަދަ ރަށެށްގެ އެގްރިމަންޓް ބާތިލް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެށް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްއެމްޕީއަރުސީން ދޫކުރި ރަށްތަކުގެ ތެރެއިން މިހާރު 12 ރަށް ހަދައި ނިންމައި އޮޕަރޭޓް ކުރަން ފަށައިފައިވާ ކަމަށެވެ. އަދި ތިން ރަށުގެ މަސައްކަތުގެ 50 ޕަސަންޓް ނިމިފައިވާއިރު، އިތުރު ތިން ރަށެށް 21 ޕަސެންޓާއި 49 ޕަސަންޓާ ދެމެދު މަސަައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ކަމުން މިކަމާ މެދު ފިޔަވަޅެއް އަޅައި އިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ. ރަށްތައް ކުއްޔަށް ނަގައިގެން ހަދަމުންދާ ރަށްތަކެއްގެ ވާހަަކަ އަޅުގަނޑު މިދެންނެވީ، [އަދި] އޮޕަރޭޓް ކުރަމުންދާ ރަށްތަކެއްގެ ވާހަކަ. އެހެންވީމަ، ރާއްޖޭގެ އިންވެސްޓާ ކޮންފިޑެންސް ނުގެއްލޭ ގޮތަށް މިކަމަށް ސަރުކާރުން ހައްލެއް ހޯދަން ޖެހޭކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނެރަލް އާއި އޭސީސީއިން އެކުލަވާލި ތަހުގީގު ރިޕޯޓްގައިވާ ގޮތުން އެ ހިޔާނާތުގެ ރަސްމީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފައިސާތައް ދައުލަތަށް އަނބުރާ ހޯދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ޓަކައި އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ވަނީ އުފައްދައިފަ އެވެ.

comment ކޮމެންޓް