މެންބަރު އީސަ އެމްޑީޕީ ދާއިރާގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މެމްބަރު އަހުމަދު އީސާ --- ފޮޓޯ/ މަޖިލިސް

ޒުވާން ލީޑާޝީޕަކަށް ފުރުސަތު ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދައިރާގެ މެމްބަރު އަހްމަދު އީސާ އެ ދާއިރާގެ އެމްޑިޕީ ރައީސްކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި އިރު، އީސާ ހުރީ އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ރައީސަކަށެވެ.

ދާއިރާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ގޮތުން ފޮނުވި ސިޓީއާއެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެގައި، އަހުމަދު އީސާ ވިދާޅުވީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރާގެ އެމްޑީޕީ ހަރަކާތްތަށް ވަރުގަދަކުރުމުގެ ގޮތުން ޒުވާން ލީޑާޝިޕަކަށް ފުރުސަތު ދިނުމަށް އޭނާ އެ މަގާމުން އިސްތުފާ ދެއްވުމަށް ހުށަހެޅި ކަމަށެވެ.

"ދާއިރާގެ ރައީސްގެ މަގާމަކީ، ނުހަނު ޒިންމާ ބޮޑު އަދި އެ ފަރާތެއްގެ ފުރިހަމަ ވަގުތު ހޭދަކުރައްވައިގެން ދާއިރާގެ ޕާޓީގެ މެމްބަރުންނާ ވީހާވެސް ގާތުން އަދާކުރައްވަން ޖެހޭ މަގާމެކެވެ. އަޅުގަނޑަށް ގަބޫލު ކުރެވެ ގޮތުގައި، މި ވަގުތަކީ މި ޕާޓީގެ ކެނދިކުޅުދޫ ދާއިރާގެ ރައީސްގެ މަގާމަށް މިދެންނެވި ފަދައިން ވަގުތު ދެއްވޭނެ ފަރާތެއް ވަޑައިގަންނަވަން އެންމެ މިނާސަބަތު ވަގުތު،" މެމްބަރު އަހްމަދު އީސާގެ އިސްތިއުފާ ސިޓީގައި ބުނެފައިވެއެވެ.

އަހްމަދު އީސާ އަކީ، 16 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި، އެ ދާއިރާ އަށް ވާދަކޮށް އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ.

comment ކޮމެންޓް