ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގެ ޖަވާބު ނުލިބިގެން ރައީސް އޮފީސް ކުރިމަތީ އިށީންދެ އިން މީހަކު ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރައީސް އޮފީހަށް ސިޓީއެއްގެ ޖަވާބު ބަލާ ދިޔަ 41 އަަހަރުގެ ފިރިހެނަކު ޖަވާބު ނުލިބިގެން އެކަމާ ހިތްހަމަ ނުޖެހި ރައީސް އޮފީހުގެ އަމީރު އަހުމަދު މަގުގެ ގޭޓު ކުރިމަތީ އިށީން ކަމަށެވެ.
އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 11:32 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް އޭނާ މިހާރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.