މިއަދު ހެނދުނު ފަތިސް ނަމާދަށް ދިޔަ މީހެއްގެ ފޯނު ގެއްލިގެން އުޅެނިކޮށް ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު ފަތިސް ނަމާދަށް ގޮސް ހަނދާން ނެތި ފޯނު ބާއްވާފައި އައި ކަމަށާއި އެނބުރި މިސްކިތަކަށް ދިޔައިރު އެ ފޯނު ފެންނަން ނެތް ކަމަށެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:20ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފޯނު ހުސްބިމަކަށް އެއްލާލައިފައި އޮއްވާ ހޯދައި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.