ހަތް މީހުންނާއެކު މަހަށް ނިކުތް ޑިންގީއެއް ބަންޑުން ޖަހާލައިފި

ޑިންގީ ބަންޑުން ޖަހާލީ ކ. ގުޅީ ފުއްޓަރަށް --- ފޮޓޯ : ޕޮލިސް މީޑިއާ

ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅުނު ޑިންގީއެއް ކ. ގުޅީ ފުއްޓަރަށް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުން ބުނެފައިވަނީ ޑިންގީއެއް މިރޭ 20:49 އެހައިކަންހާއިރު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ގުޅީ ޕޮލިސް ޑެސްކަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ކައުންސިލު އަދި ރައްޔިތުން އެ ސަރަހައްދަށް ގޮސް ގުޅިގެން ވަނީ ބަންޑުން ޖަހާލާފައިވާ ޑިންގީ އަނެއްފުށަށް ޖަހާފައި ކަމަށެވެ.

އެވަގުތު އެންމެން ތިބީ ފުއްޓަރު މަތީގައި ކަމަށާއި އެއިން އެކަކަށްވެސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިރޭ ޑިންގީ ބަންޑުން ޖަހާލާފައިވަނީ ފުއްޓަރަށް ނެގި ރާޅަކާއެކުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާރު ޑިންގީ ވަނީ ގުޅިއަށް ގެންގޮސްފައި ކަމަށެވެ.

comment ކޮމެންޓް