ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް 21 މިލިއަން ދިވެހި ރުފިޔާގެ އަގަކަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މަސައްކަތުގެ އަގަކީ 21،149،966.79 އެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

comment ކޮމެންޓް